ގެސްޓްހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ދެ ރަށް ކަމަށްވާ، ކ. މާފުއްޓާއި އއ. މަތިވެރިން ކޮވިޑް ކޭސްތަކެއް ފެނި، އެ ދެ ރަށަށް އަރައި ފޭބ އެޗްޕީއޭ އިން މަނާކޮށްފި އެވެ.
މާފުށި މޮނީޓަރިން ހާލަތައް ގެނެސް އެރަށަށް އަރާފޭބުން މަނާ ކުރީ އިއްޔެ އެވެ.
އެޗްޕީއޭއިން މިރޭ ބުނީ، މާފުށިން މިއަދު 11 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މާފުށީން 11 މީހުން މިއަދު ޕޮޒިޓިވްވިރު، އެ ރަށުގައި ހުންނަ މާފުށީ ޖަލުން ކަރެކްޝަންސްގެ އޮފިސަރަކުވެސް މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ ޖަލުގައި މިހާރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ރޭންޑަމް ސާމްލްވެސް ނަގަން ފަށާފައެވެ.
އއ. މަތިވެރި މޮނީޓަރިން ހާލަތައް ގެނެސް އެރަށަށް އަރާ ފޭބުން މަނާ ކުރީ މިއަދެވެ.
އއ. މަތިވެރިން މިއަދު 10 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެެވެ.
މިއަދު ރާއްޖެއިން ޖުމްލް 253 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، ރާއްޖޭގެ އެކި ރަށްތަކުން 61 މީހަކު ވަނީ ޕޮޒުޓިވްވެފައެވެ. މާލެ ސިޓީން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 111 މީހުންނެވެ.
މިއަދު ކޮވިޑް ކޭސްތައް ފެނުނު ރާއްޖޭގެ އެހެން ރަށްތައް:
- ތ. ވޭމަންޑޫ - 10 މީހުން
- އދ. މާމިގިލި - ފަސް މީހުން
- ކ. ހިންމަފުށި - ފަސް މީހުން
- ތ. ކިނބިދޫ - ހަތަރު މީހުން
- ކ. ދިއްފުށި - ދެ މީހުން
- އއ. ބޮޑުފޮޅުދޫ - ދެ މީހުން
- ޅ.ނައިފަރު - ދެ މީހުން
- އދ. މަހިމަދޫ - އެއް މީހަކު
- ށ. ކަނޑިތީމު - އެއް މީހަކު
އެހެން ދުވަސްތަކާ އަޅާބަލާއިރު، މިއަދު ނެގި ސާމަޕްލްތައްވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިއަދު 253 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 3،200އަށްވުރެ ގިނަ ސާމްޕަލްއިންނެވެ.
މާފުށި އަދި މަތިވެރިއާއެކު ޖުމްލަ 18 ރަށެއް މިވަގުތު ކޮވިޑް ކޭސްތަކާ ގުޅިގެން ވަނީ މޮނީޓަރިން ހާލަތުގައެވެ.
މޮނީޓަރިން ހާލަތުގައިވާ އެހެން ރަށްތައް:
- ކ. ހުރާ
- ކ. ދިއްފުށި
- ކ. ގުޅި
- ކ. ހިންމަފުށި
- އދ. މާމިގިލި
- އއ. ބޮޑުފޮޅުދޫ
- ޅ. ނައިފަރު
- ޅ. ފެލިވަރު
- ތ. ވިލުފުށި
- ތ. ކިނބިދޫ
- ތ. ވޭމަންޑު
- ތ. އޮމަދޫ
- ތ. ގާދިއްފުށި
- ތ. ތިމަރަފުށި
- ތ. މަޑިފުށި
- ބ. އޭދަފުށި