iBet uBet web content aggregator. Adding the entire web to your favor.
iBet uBet web content aggregator. Adding the entire web to your favor.



Link to original content: https://web.archive.org/web/20210422155308/https://sun.mv/151389
SunOnline: Zikuraa bimugai haha vaguthee miskithugai hukuru dhuvahu namaadhu kuran fashanee
The Wayback Machine - https://web.archive.org/web/20210421165744/https://sun.mv/151389

ޒިކުރާ ބިމުގައި ހަދާ ވަގުތީ މިސްކިތުގައި ހުކުރު ދުވަހު ނަމާދު ކުރަން ފަށަނީ

ވަގުތީ މިސްކިތުގެ މަސައްކަތް ނައިބު ރައީސް ބައްލަވާލައްވަނީ

ކުރީގެ ޒިކުރާ މިސްކިތް ހުރި ބިމުގައި އަޅަމުން އަންނަ ވަގުތީ މިސްކިތުގައި އަންނަ ހުކުރު ދުވަހު ނަމާދު ކުރަން ފެށޭ ވަރު ވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިސްކިތުގެ މަސައްކަތް ހިނގަމުންދާ ގޮތް މިއަދު ނައިބު ރައީސް ފައިސަލް ނަސީމާއި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވަނީ އެ ތަނަށް ވަޑައިގެން ބައްލަވާލައްވާފައެވެ.

އެ ދެބޭފުޅުން އެތަނަށް ކުރެއްވި ޒިޔާރަތުގެ ފޮޓޯއާއެކު މިރޭ އިސްލާމިކް މިނިސްޓްރީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވަގުތީ މިސްކިތުގެ ތަޅުން އަޅައި ހިޔާކޮށް ނިމިފައިވާ ކަމަށެވެ.

މަޖީދީ މަގު، ހުދުމާ ފިހާރައާ އިންވެގެން އޮންނަ އެ ބިމުގައި ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް ފެށީ މިމަހު ކުރީ ކޮޅެވެ. އެތަން ހެދުމަށްޓަކައި ބިން ކޮންނަމުން ދަނިކޮށް، މިމަހު ހަތް ވަނަ ދުވަހު އެ ބިމުން އާސާރީތަކެތިވެސް ފެނިފައިވެއެވެ. އެއާއެކު ހެރިޓޭޖް މިނިސްޓްރީން އޭރު އާސާރީތަކެތި ރައްކާތެރިކުރުމަށްޓަކައި މަސައްކަތްވެސް ހުއްޓުވި އެވެ. ނަމަވެސް ފަހުން އަނެއްކާވެސް މަސައްކަތް ކުރަން ފެށި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ޒިކުރާ މިސްކިތުގެ 10 ބުރީގެ އިމާރާތް އަޅަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރި އެވެ.

ނަމަވެސް، އެ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށްނުގެންދާ ކަމަށް ބުނެ މިހާރުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީއިން ވަނީ އެއްބަސްވުން ބާތިލުކޮށްފަ އެވެ. އެއީ ސްޓްރަކްޗާ އަދި އާކިޓެކްޗުރަލް ކުރެހުން އެއްބަސްވެފައިވާ މުއްދަތުގައި ހުށަހަޅާފައި ނުވާ ކަމަށް ބުނެ އެވެ.

އެކަމާ ގުޅިގެން އޭޕްރިލް، 30، 2019ގައި އެސްޖޭއިން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. އެ ކުންފުނިން އެދުނީ، މިނިސްޓްރީއިން އެއްބަސްވުން ބާތިލު ކުރުމަށް ފޮނުވި ނޯޓިސް އަކީ ބާތިލު ނޯޓިސްއެއް ކަމަށް ކަނޑައަޅައިދިނުމަށާއި، އެއްބަސްވުން ބާތިލުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ. އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ގެއްލުމުގެ ގޮތުގައި އެ ކުންފުންޏަށް 111 މިލިއަން ރުފިޔާ ނަގައިދިނުމަށްވެސް އެސްޖޭއިން އެދިފައިވެ އެވެ.

ނަމަވެސް ކޯޓުން ހުކުމް ކުރީ އެއްބަސްވުން ބާތިލުކުރުމުން އެ ކުންފުންޏަށް ގެއްލުމުގެ ގޮތުގައި 111 މިލިއަން ރުފިޔާގެ ބަދަލު ނަގައިދޭން ނުޖެހޭނެ ކަމަށެވެ.

ޒިކުރާ މިސްކިތުގެ މަޝްރޫއު އެސްޖޭއާ ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭ ކަމަށް ބުނެ އޭރުގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރަށާއި އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.

comment ކޮމެންޓް