iBet uBet web content aggregator. Adding the entire web to your favor.
iBet uBet web content aggregator. Adding the entire web to your favor.



Link to original content: https://web.archive.org/web/20210421130626/https://sun.mv/150960
SunOnline: Column: Ranglhu test ekeve; engidhaanetaa eve.
The Wayback Machine - https://web.archive.org/web/20210415113152/https://sun.mv/150960

ރަނގަޅު ޓެސްޓެކެވެ؛ އެނގިދާނެތާ އެވެ.

މާލޭ ސިޓީ މޭޔަރު ކަމަށް ކުރިމަތި ލާފައިފާ އަނަސް އާއި މުއިއްޒު -- ފޮޓޯ/ ސަން

ލާމަރުކަޒީ ނިޒާމަކީ އެންމެ ރަނގަޅު ނިޒާމު ނޫންކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ދެއްކެވި ވާހަކަފުޅު ވަރަށް ބާރަށް އެނބުރި އައިސް އެމަނިކުފާނުގެ ގައިކޮޅުގައި ޖެހުނެ އެވެ. އެ ވާހަކަފުޅު އެހާ ބާރަށް އައިސް އެ މަނިކުފާނުގެ ގައިކޮޅުގައި ޖެހުނީ އެ ވާހަކަ ވިދާޅުވިލެއް ސޮރީހަކަމުން ކަމަށް ވެދާނެ އެވެ. ރައީސް ޔާމީންނަކީ އަމިއްލަ ޒާތުގައި ވެސް ފިލްޓާ ކުރުމެއް، އަދި މާ ބޮޑު ޑިޕޮލަމަސީއަކާ ނުލައި، ވާހަކަ ދައްކަވާ ބޭފުޅަކަށްވާތީ އެ ވާހަކަ އެ ވިދާޅުވީ އެކަމުގައި އެ މަނިކުފާނު ދެކިވަޑައިގަންނަވާ ގޮތް ކަމަށްވުން ގާތެވެ. އަދި އެ މަނިކުފާނަކީ ފާޅުގައި ޕާލަމެންޓްރީ ނިޒާމަކަށް ވަކާލާތު ކުރެއްވި ބޭފުޅަކަށްވާތީ ފަހަރުގައި އެއީ ވެސް އެ ވާހަކަ އެ ގޮތަށް ވިދާޅުވުމަށް އަމިއްލަ ނަފުސަށް ކުރުވި ނުފޫޒަކަށް ވެދާނެ އެވެ. އަދި އޭގެ އިތުރަށް ރައީސް ޔާމީންއަކީ ކަންކަން ހާސިލުކުރުމަށް ހުދުމުހުތާރު ގޮތް އިސްކުރައްވާ ބޭފުޅަކަށްވާތީ އެ މަނިކުފާނުގެ ތަބިއްޔަތުގައި ވެސް އެ ގޮތް ހުރުން އެކަށީގެންވެ އެވެ.

އަޅުގަނޑުގެ މަތުލަބަކީ ފަހަރެއްގައި ވެސް ލާމަރުކަޒީ ނިޒާމާ ބެހޭ ގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަ ދިފާއު ކުރުމެއް ނޫނެވެ. އަދި ލާމަރުކަޒީ ނިޒާމަކީ ކަމުދާ ނިޒާމެއް ނޫން ކަމަށް ވަކާލާތު ކުރުމެއް ވެސް ނުމެ ނޫންމެ އެވެ. އެކަމަކު ގަބޫލުކުރަން ޖެހޭ ހަގީގަތެއް އެބަ އޮތެވެ. އެއީ ރާއްޖޭގައި ގާއިކޮށްފައި އޮތީ ރިޔާސީ ނިޒާމެއްކަން ގަބޫލުކުރުމެވެ. އަދި ދައުލަތް ހިންގަނީ ޔުނިޓަރީ ދައުލަތެއްގެ ގޮތުގައި ކަން ގަބޫލުކުރުމެވެ. މާނައަކީ އެ ނިޒާމުގައި އޮޓޯނަމަސް، ނޫނީ އިހުތިޔާރީ ބާރުތައް ހަނިވުމެވެ. އެ ނަޒަރުން ބަލާއިރު ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު މުޅިން ގޯސްކަމަށް ބެލެވޭކަށް ނެތެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަން ކުރެއްވި 30 އަހަރާ އެކު އަދި ޔާމީންގެ ފަސް އަހަރާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަން ކުރެއްވި ދެތިން އަހަރާ އެކު ވޭތުވެދިޔަ 40 ވަރަކަށް އަހަރު ވެރިކަން ކުރީ ކޮންޒަވޭޓިވް ވިސްނުމުގެ ބޭފުޅުން ކަމަށް ބެލެވިދާނެ އެވެ. ނަތީޖާއަކީ އަބަދު ވެސް މާލޭގެ ވޯޓުގެ ބޮޑު ބައެއް ގުނެމުން އައީ ކޮންޒަވޭޓިވް ވިސްނުމާ ދެކޮޅު ވިސްނުމަށް ކަމަށްވުމެ އެވެ. އެކަން އެހެން ވަނީ ލިބަރަލް އަދި ޑިމޮކްރެސީ އަށް ގިނަ ފަހަރަށް އަޑު އުފުލާނީ ވެރި ރަށުން ކަމަށްވާތީ ވެސްމެ އެވެ.

އެކަމަކު މި ފަހަރު ތަފާތުވެދާނެ އެވެ. އެއީ ލިބަރަލް ވިސްނުމުގެ ފިކުރުގެ ބޭފުޅުންނަށް ވެރިކަން ކުރަން ލިބުމުން، ކަންކަން ހާސިލު ކުރެވޭ މިންވަރާ ދޭ ތެރޭ ސުވާލުއުފައްދާ ބަޔަކު ތިބުމުންނެވެ. ފަހަރުގައި އެހެން ދިމާވީ ކޮވިޑްގެ ބަލިމަޑުކަމާ އެކު އިގްތިސާދަށް ދިމާވި ލޮޅުންތަކުން އަރައިގަތުމަށް ހުރި ގޮންޖެހުންތަކާ އެކު ކުރިމަތިކުރުވި ކަންކަން ކަމަށް ވެސް ވެދާނެ އެވެ. އެހެނަސް އެމްއެމްޕީއާރުސީގެ ވައްކަން ފަޅާ އަރުވާލުމަށް ހުޅުވި ދަފުތަރުން އަލިމަގެއް ނުހޯދި، އެ ވައްކަމުގެ މުގުލުގައި ތިބި ބޮޑުން މިނިވަންވެ، ޖަލުގެ ކުޑަގޮޅިން ޖާގަ ހޯދި ހަމައެކަނި ބޭފުޅަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ކަމަށް ވުމުން އިންސާފުގެ ކައްޓާ ހަމަ ހަގީގަތުގައި ވެސް ތިލަފަތް ހަމަތޯ ސުވާލު އުފައްދާނެ ބަޔަކު ތިބޭނެ އެވެ. އަޅުގަނޑު މިހެން ދަންނަވާ އިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކަންކަން ރައީސް ޔާމީންނަށް ނޭނގި ހިންގި ކަމެއް ކަމަށް ވަކާލާތު ކުރާކަށް ނެތީމެވެ. އެކަމަކު އެސްއޯއެފް ކުންފުނީގެ ބޮޑުންނާ ސުވާލު ކުރެއްވުމެއް ނެތި މިނިވަންކަމާ އެކު އެބޭފުޅުން އުޅުއްވަން ބޭނުންފުޅުވާ ގޮތަކަށް އުޅުއްވަން ދޫކޮށްލާފައި ދެން ބެލެން އޮންނާނީ ކޮން މައްސަލައެއްތޯ ހަމަ ހަގީގަތުގައި ވެސް ސުވާލު އުފައްދަން ޖެހެ އެވެ. ތިޔަ ވިދާޅުވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުން ގެއްލުނު 1.2 ބިލިއަން ރުފިޔާ ހަމަ އެއީ ނުވާ ކަމަކަށް ހަދައިގެން ތިބޭށޭތޯ އެވެ؟

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރުވާލި ޑްރާމާއި އާއި އަދި ވެންޓިލޭޓަރުތަކުގެ ވާހަކަ ދައްކާކަށް އަޅުގަނޑު ނެތީމެވެ. އެކަމަކު މާލޭގެ މޭޔަރު ކަމަށް ޕީޕީއެމް އިން ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް ވޭތުވެ ދިޔަ ދެ ހަފުތާގެ ތެރޭގައި އެމްޑީޕީގެ ގުނަވަންތަކުން ކުރި އެންޓި ކެމްޕޭންތަކުން ހަގީގުގައި ވެސް މުއިއްޒުއާ ދޭތެރޭ ޖެހިލުންވާ ވަރު ވަރަށް ރަނގަޅަށް ވަޒަން ކުރެވުނެވެ. "ހޮޅި މުއިއްޒޭ" "ވަށަފަރު މުއިއްޒޭ" ކިޔުމަކުން އަޅުގަނޑު ހިތުން މުއިއްްޒު ކަހާތަން ހިރުވާލާހެން ވެސް ހިއެއް ނުވެ އެވެ. ފެންނަނީ އެއަށް ވުރެ އޭނާގެ ހަންބޯތަނެވެ.

މުއިއްޒަށް އެންމެ ބޮޑަށް ކުރާ ތުހުމަތަކީ ކޮރަޕްޝަންގެ ތުހުމަތެވެ. އެކަމުގެ އެކޮޅު މިކޮޅެއް ނޭނގެ އެވެ. ހަމައެކަނި އެނގޭ ކަމަކަކީ އޭނާ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ދަމާ ކަމެވެ. އެއީ ވެސް އޭނާ އިންތިހާބުގައި ވާދަކޮށް ކެމްޕޭން ފެއްޓުމާ އެކު އެވެ. ތެދެކެވެ. އެމްޑީޕީ މީހުން އެންމެ ބޮޑަށް ރުޅިި އަންނަ އެއް ބޭފުޅަކީ މުއިއްޒު ކަމަށް ވެދާނެ އެވެ. އެއީ އޭނާގެ ހައުސިން މިނިސްޓަރު ކަމުގައި މާލޭ ސިޓީގެ މަސައްކަތަށް ހުރަސް އެޅި ކަމަށް ކުރާ ތުހުމަތާ އެކު އެވެ. އެއީ ވެސް ދެކޮޅު އޮތް ވާހަކައެކެވެ. ކުރީގެ ސަރުކާރުން ތުހުމަތުކުރީ މާލޭ ސީޓީ ކައުންސިލުން ސަރުކާރަށް އެއްބާރުލުން ނުދިން ކަމަށެވެ. އަދި ސަރުކާރުން މާލޭގެ ތަރައްގީއަށް ކުރަން ހުރި މަސައްކަތްތަކަށް ކައުންސިލުން ހުރަސްއެޅި ކަމުގެ ތުހުމަތެވެ. ކައުންސިލުން ތުހުމަތު ކުރީ، ސަރުކާރުން ކައުންސިލަށް ބަޖެޓް ނުދިން ވާހަކަ އާއި ކަންކަން ނުކުރެވެނީ ބަޖެޓް ނުދިނުމުން ކަމުގެ ވާހަކަ އެވެ.

މުއިއްޒު ހައުސިން މިނިސްޓަރުކަން ކުރެއްވި ހަތް ވަރަކަށް އަހަރަކީ އޭނާއަށް ފުދޭ ވަރަަކަށް އޭރުގެ އިދިކޮޅުން، މިހާރު ސަރުކާރު ހިންގާ ފަރާތްތަކުން ފާޑުކިއުންތައް އަމާޒު ކުރި ހަތް އަހަރެވެ. އޭގެ ތެރޭގައި ހަގީގީ ފާޑުކިއުންތައް ހުރި ކަމަށް ވެސް ގަބޫލު ކުރެވެ އެވެ. އޭގެ ތެރެއިން އެއް ފާޑުކިޔުމަކީ އަމީނީމަގުގައި ފެންބޮޑުވުމުގެ މައްސަލަ އަށް ހައްލު ނުހޯދުނު ކަމަށް ދެއްކި ވާހަކަ އެވެ. އަނެއް ކަމަކީ ބައެއް ކަންކަން ދެ ވަނަ ފަހަރަށް ކުރަން ޖެހޭ ކަމުގެ ޝަކުވާ އެވެ. އެކަމަކު އޭނާގެ މޭސްތިރިކަމުގެ ތެރޭގައި މާލޭގައި ދިރިއުޅޭ މީހުންނަށް "ބްރީތިން ސްޕޭސް" ނޫނީ ފަހި މާހައުލެއް ހޯދައި ދިނުމަށް ހިންގި މަޝްރޫއުތަކެއް ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި މާފަންނު ރަސްފަންނާއި ސަލްޓަން ޕާކާއި މާލޭގެ ބޮޑުތަކުރުފާނުމަގު ފުޅާ ކުރުމާއި އިންޑިއަސްޓްރިއަލް ޒޯން ތަރައްގީ ކުރުމަކީ ފާހަގަ ކުރެވޭ ކާމިޔާބު މަޝްރޫއުތައް ކަމަށް ގަބޫލުކުރަން ޖެހެ އެވެ.

މުއިއްޒާ އެކު މާލޭ ސިޓީ އަށް އެމްޑީޕީ އިން ވާދަކުރައްވާ އަނަސް އަބްދުއްސައްތާރާއި މުއިއްޒާ އަޅާކިޔާކަށް އަޅުގަނޑު ނެތީމެވެ. އެކަމަކު މުއިއްޒުގެ ގާބިލު ކަމާ ދޭތެރޭ އެއްވެސް ބޭފުޅަކު ސުވާލެއް ނޫފައްދަ އެވެ. އެއާ ހިލާފަށް އަނަސް އާ ދޭ ތެރޭ އުފައްދާ ސުވާލަކީ އޭނާއަކީ ތަޖުރިބާ ނެތް ބޭފުޅެެއް ވާހަކަ އެވެ. އެކަމަކު ތަޖުރިބާއަކީ ވެސް ކަންކަމާ ކުރިމަތިލައްވައިގެއް އޭގެ ތެރެއިން ހޯދާ އެއްޗެެއްކަން ގަބޫލުކުރަން ޖެހެ އެވެ. އަދި އޭނާގެ ފަސްބަޔަކީ ކިލަނބުވެފައިވާ ފަސްބަބައެއް ނޫންކަން ވެސް ގަބޫލުކުރަން ޖެހެ އެވެ.

އެމްޑީޕީ އިން އަބަދު ވެސް ވަކާލާތު ކުރަނީ މިހާރު އޮތް ވެރިކަމުގެ ނިޒާމުގެ ތެރެއިން ރަނގަޅު ލާމަރުކަޒީ ނިޒާމެއް ހިންގި ދާނެ ކަމަށެވެ. އެހެން ކަމަށް ވާ ނަމަ، ވަކި ބަޔަކު ކައުންސިލްގައި ތިބުމަކީ މައްސަލައެއް ނޫން ދެއްތޯ އެވެ. ނަމަވެސް އެކަން އެނގޭނީ ވޯޓަށް ފަހު އެވެ. ސުވާލަކީ މާލޭ ސިޓީގެ މެޖޯރިޓީ އިދިކޮޅަށް ލިބިއްޖެ ނަމަ، ދެން ކަންކަން ފުރޮޅޭނީ ކިހިނެއްތޯ އެވެ؟ އެކަން އެހެން ނުވެދާނެ އެވެ. އެކަމަކު ރައީސް ޔާމީން ދެއްކެވި ވާހަކާގައި ހުރި އޮއްޓަރު އެނގޭނީ އޭރުންކަން ޔަގީނެވެ.

ލާމަރުކަޒު ކުރުމަކީ ކައުންސިލް މެންބަރުންގެ އަދަދު އެތައް ގުނައެއް އިތުރުކޮށް މުސާރަތަކަށް އަހަރަކު 200 ވަރަކަށް މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭ ނަމަ އެއީ ޓެކްސް ދައްކާ މީހުންގެ ފަރާތުން ކުރަން ހެޔޮވަރުގެ ހަރަދެއްތޯ ވިސްނަން ޖެހެ އެވެ. އަދި ލާމަރުކަޒު ކުރުމަކީ އެންމެ ނިކަމެތި މީހާގެ އަތުން ވެސް ނަގާ ޓެކުހާ އެކު، ބަޔަކަށް މުސާރަ ދިނުމަށް އެކަނި ހިންގާ ހަރަކާތަކަށް ވާ ނަމަ އެ ނިޒާމަށް އަޅުގަނޑު ސަލާމެވެ.

comment ކޮމެންޓް