iBet uBet web content aggregator. Adding the entire web to your favor.
iBet uBet web content aggregator. Adding the entire web to your favor.



Link to original content: https://dv.wikipedia.org/wiki/ބެނީން
ބެނީން - ވިކިޕީޑިއާ Jump to content

ބެނީން

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
Republic of Benin
République du Bénin
Flag of Benin
Flag
Coat of arms of Benin
Coat of arms
މޮޓޯ: "Fraternité, Justice, Travail"  (French)
"Fraternity, Justice, Labour"
ގައުމީ ސަލާމް: L'Aube Nouvelle  (French)
The Dawn of a New Day
Location of Benin
ވެރިރަށްPorto-Novo1
Largest cityCotonou
ރަސްމީ ބަސްތައްFrench
VernacularFon, Yoruba
ޑިމޮނިމްBeninese; Beninois
ސަރުކާރުMultiparty democracy
• President
Yayi Boni
Independence 
from France
• Date
August 1, 1960
ސަރަޙައްދު
• Total
112,622 km2 (43,484 sq mi) (101st)
• Water (%)
0.02%
އާބާދީ
• 2009 estimate
8,791,832[1] (89th)
• 2002 census
6,769,914
• Density
78.1/km2 (202.3/sq mi) (120th)
ޖީޑީޕީ (ޕީޕީޕީ)2008 estimate
• ޖުމްލަ
$13.035 billion[2] (140th)
• ބޮލަކަށް ޖެހެނީ
$1,608[2] (166th)
ޖީޑީޕީ (nominal)2008 estimate
• ޖުމްލަ
$6.712 billion[2]
• ބޮލަކަށް ޖެހެނީ
$828[2]
ޖިނީ (2003)36.5
medium
އެޗްޑީއައި (2007) 0.492
Error: Invalid HDI value (161st)
ފައިސާWest African CFA franc (XOF)
ޓައިމް ޒޯންޔޫޓީސީ+1 (WAT)
• ސަމާ (ޑީއެސްޓީ)
ޔޫޓީސީ+1 (not observed)
ޑްރައިވިންގ ސައިޑްright
ކޯލް ކޯޑް229
އައިއެސްއޯ 3166 ކޯޑްBJ
އިންޓަރނެޓް ޓީއެލްޑީ.bj
  1. ކޮޓޯނޫ އަކީ ސަރުކާރުގެ ގޮނޑިއެވެ.
  2. މި ގައުމަށް ކުރާ އަންދާޒާތަކުގައި އެއިޑްސްގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ އަސަރުތަކަށް ސާފުކޮށް ރިއާޔަތްކޮށްފައިވެއެވެ؛ މިކަމުގެ ސަބަބުން އުމުރު ދުވަސް ދަށްވުމާއި، ތުއްތު ކުދިން މަރުވުމާއި މަރުވުމުގެ ނިސްބަތް މަތިވުމާއި، އާބާދީއާއި ކުރިއެރުމުގެ ނިސްބަތް ދަށްވުމާއި، އުމުރާއި ޖިންސަށް ބަލާފައި އާބާދީ ބަހާލުމަށް އެހެން ގޮތަކަށް ހީކުރެވޭ ވަރަށް ވުރެ ބަދަލުތަކެއް އަތުވެދާނެއެވެ.

ބެނީންއަކީ ހުޅަނގު އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.

އަވަސް ކަޅިއަކުން ބަލައިލުމެއް

[އުނިއިތުރު ގެންނަވާ]

ބެނީންގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ބެނިނީޒް ނުވަތަ ބެނިނޮއިޒްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ކޮންޓޮނޫއެވެ. މި ޤައުމުގެ ވެރިރަށަކީ ޕޮރްތޮނޯވޯއެވެ. މިއީ މަލްޓި ޕާޓީ ޑިމޮކްރަސީއެކެވެ. ޤައުމުގެ އާބާދީއަކީ 8 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 90 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 112622 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ bj. އެވެ. ކޯލިން ކޯޑަކީ +229 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ވެސްޓް އެފްރިކަން ފްރޭންކެވެ.

ކޮލޯނިއަލް ދުވަސްވަރާއި އަދި މިނިވަންވި އިރުގައި ވެސް މި ޤައުމުގެ ނަމަކަށް ކިޔާފައިވަނީ ދަހޯމޭ އެވެ. އެހެން ނަމަވެސް 1975 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 30 ވަނަ ދުވަހަށް ފަހު އެ ޤައުމުގެ ނަމަކީ ބެނީން ކަމުގައި ހަމަޖެހިގެންދިޔައެވެ. ބެނީން އާއި ނައިޖީރީއާގައި އޮންނަ ބެނީން ޝަހަރާ ދެތަނަކީ އެއްވެސް ގުޅުމެއް އޮތް ދެ ތަނެއް ނޫނެވެ. އަދި ބެނީން ބްރޯންޒަސްއާ ވެސް މި ބެނީންއަކާ ގުޅުމެއް ނެތެވެ.

ބެނީންގެ ހުޅަނގުގައި އޮތީ ޓޯގޯއެވެ. އިރުމަތީގައި އޮތީ ނައިޖީރިއާއެވެ. އުތުރުގައި އޮތީ ބުރުކީނާ ފާސޯ އާއި ނީޖަރެވެ.

އަބޮމޭ ޕްލެއިންގައި ދިރިއުޅުނު ތަފާތު ނަސްލުތަކުގެ މީހުން ގުޅިގެން ދަހޯމޭގެ ރަސްކަން ޤާއިމުކުރިއެވެ. ތާރީޚުގެ ޢިލްމުވެރީން ޤަބޫލުފުޅު ކުރައްވާ ގޮތުގައި މިއަދުގެ އަބޮމޭ ސަރަޙައްދަށް ގިނަ ޢަދަދެއްގެ ބަޔަކު ހިޖުރަކޮށްފައިވަނީ އަޅުންގެ ވިޔަފާރި ފަދަ ކަންކަމުގެ ސަބަބުން ސަލާމަތަށް ނުރައްކާވީ ބަޔަކުގެ ސަބަބުންނެވެ. ދަހޯމޭ ރަސްކަމުގެ ފުރަތަމަ ވެރިޔަކީ ގަންގްނީހެސޫ ނަމަކަށް ކިޔާ ބޭފުޅެކެވެ. މިއީ އަޖާ ޚާންދާނަކަށް ނިސްބަތްވާ ބޭފުޅެކެވެ. ދަހޯމޭ މީހުންގެ ތެރޭގައި އޮތީ ޢަސްކަރީ ސަގާފަތެކެވެ. އެއީ އެމީހުންގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގެ ގޮތުންނާއި އަދި އެމީހުންގެ އިން ފުޅާކުރުމުގެ ގޮތުންނެވެ. އޭރު ދަހޯމޭގެ ވެރިރަށެއްގެ ގޮތުގައި އޮތީ އަބޮމޭއެވެ. ދަހޯމޭ ކިންގްޑަމް ބޮޑަށް މަޝްހޫރުވެފައިވަނީ އެ މީހުންގެ ސަގާފަތާއި އާދަކާދައަށްޓަކައެވެ. ކުޑަ ފިރިހެން ކުދީން ތިބެނީ ޢުމުރުން ދުވަސްވެފައި ތިބޭ ސިފައިންގެ ބެލުމުގެ ދަށުގައެވެ. އެމީހުން އެ ކުދީންނަށް ޢަސްކަރީ ސަގާފަތާއި އާދަކާދަ ދަސްކޮށްދެއެވެ. މި ކުދީން ސިފައިންގެ ތެރެއަށް ވަންނަ ޢުމުރު އަންނަން ދެން ތިބެނީ މި ގޮތުގައެވެ. ދަހޯމޭގައި ވަރަށް ވަރުގަދަ އަންހެން ލަޝްކަރެއް ވެސް އޮތެވެ. މި ލަޝްކަރަށް ކިޔާ ނަމަކީ “އަހޯސީ” އެވެ. މީގެ މާނައަކީ އަހަރެމެންގެ މައިންނެވެ. ފުރަތަމަ ކޮޅުގައި ދަހޯމޭގެ ލީޑަރުން އަޅުންގެ ވިޔަފާރިއާ ދެކޮޅު ހެއްދެވި ކަމުގައި ވިޔަސް ގާތްގަނޑަކަށް 300 އަހަރު ވަންދެން ދަހޯމޭގައި އަޅުންގެ ވިޔަފާރި ކުރިޔަށް ދިޔައެވެ. ޕޯޗުގީޒުގެ ވިޔަފާރި ވެރީން 1472 ގައި، މި ހިސާބުގައި އަޅުންގެ ވިޔަފާރި ފެށިއެވެ. ބައެއް އަހަރު އަހަރު 20000 އަށް ވުރެ ގިނަ އަަޅުންގެ ވިޔަފާރި ވެސް މި ސަރަޙައްދުގައި ކުރެވިފައިވެއެވެ.

ޑެމޮގްރަފިކްސް

[އުނިއިތުރު ގެންނަވާ]

ބެނީންގެ އާބާދީގެ ތެރެއިން ގިނަ ބަޔަކު ދިރިއުޅެމުން ގެންދަނީ އެ ޤައުމުގެ ދެކުނުގައެވެ. ބެނީންގެ އާބާދީއަކީ ޒުވާން އާބާދީއެކެވެ. ބެނީންގެ މީހުންގެ އެވަރެޖު ޢުމުރަކީ 59 އަހަރެވެ. އެފްރިކާގެ ތަފާތު 42 ނަސްލެއްގެ މީހުން މި ޤައުމުގައި އުޅެއެވެ. ބެނީންގެ އާބާދީއަށް ބަލާއިރުގައި އެ ދައުލަތުގެ ގިނަ ރައްޔިތުންނަކީ ކިރިސްތިޔަނުންނެވެ. މީގެ އިތުރުން އަދިވާސީ ދީންތައް ކަމުގައިވާ އެނިމިސްޓް ދީންތަކަށް ތަބަޢަވާ މީހުން ވެސް ކޮންމެވެސް ވަރަކަށް އުޅެއެވެ.

ބެނީންއަކީ މުއްސަނދި ސަގާފަތެއް އޮތް ޤައުމެކެވެ. އަވަށްޓެރި އެހެން ދައުލަތްތަކެކޭ އެއްފަދައިން ބެނީންއަކީ ވެސް މިއުޒިކުގައި ވަރަށް މަތީ މަޤާމެއް ޙާޞިލުކޮށްފައިވާ ޤައުމެކެވެ.

ބެނީންގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ދިރިއުޅެނީ ބައިނަލް އަޤްވާމީ ފަޤީރުކަމުގެ ރޮނގު ކަމުގައިވާ 1.25 ޑޮލަރު ނުލިބޭ މީހުންގެ ގިންތީގައެވެ. ބެނީންގައި އިޤްތިޞާދީ ގޮތުން އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކަށް ކުރަނީ ކޮޓަނުގެ ވިޔަފާރިއެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 1608 ޑޮލަރެވެ.

  1. Central Intelligence Agency (2009). "Benin". The World Factbook. Archived from the original on 1181683620. Retrieved February 1, 2010. {{cite web}}: Check date values in: |archive-date= (help); Unknown parameter |dead-url= ignored (|url-status= suggested) (help)
  2. 2.0 2.1 2.2 2.3 "Benin". International Monetary Fund. Retrieved 2009-10-01.